Malaysia

Malaysia
މެލޭޝިޔާ އަކީ އިރުދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. މެލޭޝިޔާ އެކުލެވިފައިވަނީ 13 ސްޓޭޓާއި 3 ފެޑެރަލް ޓެރިޓަރީގެ މައްޗަށެވެ.
މެލޭޝިޔާ ވަނީ ދެކުނު ޗައިނާ ކަނޑުން ދެ ސަރަޙައްދަކަށް ބައިވެފައިވެއެވެ. އެއީ ޕެނިންސޫލާ މެލޭޝިޔާ އާއި މެލޭޝިޔަން ބޯނިއޯ ނުވަތަ (އީސްޓް މެލޭޝިޔާ) އަށެވެ. މެލޭޝިޔާ އާއި ބޯޑަރުގެ ގޮތުން ގުޅިފައިވާ ޤައުމުތަކަކީ ތައިލެންޑާއި، އިންޑޮނޭޝިޔާ އާއި ސިންގަޕޫރާއި ބުރުނާއީއެވެ.

“މެލޭޝިޔާ” މި ނަން ބޭނުން ކުރަން ފަށާފައިވަނީ 1963 ވަނަ އަހަރާ ހިސާބުގައި މެލަޔާ ފެޑެރޭޝަނާއި ސިންގަޕޫރާއި އުތުރު ބޯނިއޯ އާއި ސަރަވާކް އެކުވެގެން 14 ސްޓޭޓުގެ ފެޑެރޭޝަނެއް ޤާއިމުކުރުމާ ހިސާބުންނެވެ. އޭގެ ކުރީން ފިލިޕީންސްގެ ސިޔާސީ ބައެއް ބޭފުޅުންވަނީ “މެލޭޝިޔާ” މިނަން ފިލިޕީންސްގެ ނަމެއްގެ ގޮތުގައި ބޭނުންކުރުމާ މެދު ޚިޔާލުކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ރަސްމީ ގޮތެއްގައި މިނަން ބޭނުންކުރަން ފެށީ މިހާރުގެ މެލޭޝިޔާއިންނެވެ. 1850 ވަނަ އަހަރުގައި އިނގިރޭސި އެނޮލޮޖިސްޓެއް ކަމުގައިވާ ޖޯޖް ސެމިއުލް ވިންޑްސަރ އާލް ވަނީ ޖަރނީ އޮފް ދަ އިންޑިޔަން އާކިޕެލަގޯ އެންޑް އީސްޓަރން އޭޝިޔާގައި، އިންޑޮނޭޝިޔާއަށް ކިޔާނެ ނަމެއްގެ ގޮތުގައި “މެލަޔުނޭޝިޔާ” އާއި “އިންޑުނޭޝިޔާ” ހުށަހަޅާފައެވެ. މި ދެ ނަމުގެ ތެރެއިން އޭނާ ބޮޑަށް އިސްކަން ދެއްވީ ކުރީ ނަމަށެވެ.

މެލޭޝިޔާގެ ހުރިހާ ހިސާބަކުން ވެސް އާސާރީ ތަންތަން ފެނެއެވެ. “ސެމަންގް” ނުވަތަ ސަކައި ނަމަކަށް ކިޔާ ނެގްރީޓޯ (ބަބުރު) ދަރިކޮޅެކެވެ. އެމީހުންގެ ދޫދޫމަތީ ވާހަކަތަކުގައި ކިޔާ ގޮތުން އެމީހުން މެލޭޝިޔާ ސަރަޙައްދަށް އައިސްފައިވަނީ މީގެ 50000 އަހަރު ކުރީން އެފްރިކާ ބައްރުންނެވެ. އެމީހުން ބުނާ ގޮތުގައި މެލޭޝިޔާގައި އެންމެ ފުރަތަމަ ވަޒަންވެރިވި އެ ޤައުމުގެ އަދިވާސީންނަކީ އެމީހުންނެވެ. މެލޭޝިޔާ މީހުންނަށް ބަލާއިރު އެމީހުންނަކީ އިންޑޯޗައިނާ ނަސްލަށް ނިސްބަތްވާ ބައެކެވެ. އިނގިރޭސީން އެމީހުންގެ އެންމެ ފުރަތަމަ ކޮލޮނީ މެލޭޝިޔާގައި ޤާއިމުކުރީ 1786 ވަނަ އަހަރުގައެވެ. މެލަޔާއަށް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 31 އޮގަސްްޓް
1957 ގައެވެ. ސަބާހް އާއި ސަރަވާކާއި ސިންގަޕޫރު ގުޅިގެން މެލޭޝިޔާ އުފެދުނީ 16 ސެޕްޓެންބަރު 1963 ގައެވެ.

މެލޭޝިޔާގައި ދިރިއުޅޭ މީހުންގެ ނަސްލަށް ބަލައިލާއިރު މެލޭޝިޔާއަށް ނިސްބަތްވާ 50.1% މީހުންނާއި، ޗައިނާއަށް ނިސްބަތްވާ 22.6% މީހުންނާއި، އިންޑިޖީނަސް އަށް ނިސްބަތްވާ 11.8% މީހުންނާއި، އިންޑިޔާއަށް ނިސްބަތްވާ 6.7% މީހުންނާއި، އެހެނިހެން ނަސްލުތަކުގެ 0.7% މީހުން އަދި އެއްވެސް ނަސްލަކަށް ނިސްބަތް ނުވާ 8.1% މީހުން ހިމެނެއެވެ.

މެލޭޝިޔާގައި އެންމެ ބޮޑު އަދި ރަސްމީ ދީނަކީ އިސްލާމްދީނެވެ. އެގޮތުން މުސްލިމުންގެ އާބާދީއަކީ 61.3% އެވެ. ބުދިސްޓް 19.8%، ކުރިސްޓިއަނުން 9.2%، ހިންދޫން 6.3% ހިމެނެއެވެ. މެލޭ ނަސްލުގެ 100% މީހުންގެ ދީނަކީ އިސްލާމްދީނެވެ. އެހެނީ، މެލޭޝިޔާގެ ޤާނޫނު އަސާސީގެ 160 ވަނަ މާއްދާ ބުނާ ގޮތުގައި “މެލޭ” ނަސްލުގެ މީހުންނަކީ މެލޭޝިޔާ ނުވަތަ ސިންގަޕޫރަށް އުފަންވާ މީހުންގެ ތެރެއިން މެލޭ ބަހުން ވާހަކަ ދައްކާ އަދި މެލޭ އާދަކާދަތަކާ އެއްގޮތަށް އުޅެމުންދާ ކޮންމެ މުސްލިމެކެވެ. މުސްލިމަކު އެހެންދީނަކަށް ބަދަލުވެއްޖެނަމަ އެހިސާބުން ފެށިގެން އޭނާއަކީ މެލޭ ނަސްލުގެ މީހެއް ނޫނެވެ. މެލޭޝިޔާގެ ޤާނޫނު އަސާސީން މެލޭ މީހުންނަށް ޚާއްޞަ އިމްތިޔާޒުތަކެއް ވެސް ލިބިދެއެވެ.

މެލޭޝިޔާގެ އާންމު ފިނިހޫނުމިނަށް ބަލާލާއިރު އާންމުގޮތެއް ގައި ފިނިހޫނުމިން އުޅެނީ 20 ޑިގްރީ ސެލްސިއަސް އިން 30 ޑިގްރީ ސެލްސިއަށްށެވެ. އާންމުގޮތެއްގައި ރޭގަނޑު ގަޑި ފާހަގަ ކުރެވެނީ ފިނި ވަގުތެއްގެ ގޮތުގައެވެ. ވާރޭވެހޭ މަސްތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ ނޮވެމްބަރ އިން ފެބްރުއަރީ އަށްށެވެ.

މެލޭޝިޔާގެ ބައެއް މަސްހޫރު ތަންތަނަށް ބަލައިލާއިތު އެންމެ ފާހަގަ ކޮށްލެވެނީ ޕެޓްރުނާސް ޓުވިން ޓަވަރެވެ. މިތަން ހުންނަނީ މެލޭޝިޔާގެ ވެރިރަށް ކަމަށްވާ ކުއަލަ ލަންޕޫރުގައެވެ. މިތަން ހެދުމަށްޓަކައި 1.6 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މިތަން އެއްކޮށް މަރާމާތުކޮށް ނިމިފައިވަނީ 1 މާރިޗް 1996 ގައެވެ.

މެލޭޝިޔާގެ އިޤްތިސާދަކީ ސައުތު އޭޝިޔާގެ އެންމެ ކުރިއަރާފައިވާ 3 ވަނަ އިގްތިސާދު ހިމެނޭ ގައުމެވެ. އަދި ދުނިޔޭގެ 35 ވަނަ އަށް އެންމެ ކުރިއަރާފައިވާ އިގްތިސާދުވެސް މެއެވެ. އެގޮތުން މެލޭޝިޔާގެ އިގްތިސާދުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ހިދުމަތުގެ ދާއިރާއެވެ. ޖީ.ޑީ.ޕީ ގެ 56.2% ހިއްސާކުރަނީ ހިދުމަތުގެ ދާއިރާއެވެ.

ގައުމުގައި އުފައްދާ ބައެއް ތަކެއްޗަށް ބަލައިލާއިރު އިލެކްޓުރިކަލް ސާމާނު، އިލެކްޓުރޯނިކަލް ސާމާނު، ތެޔޮ، ޕެޓްރޯލް، ކެމިކަލް، އަދި މެސިނަރީ ހިމެނެއެވެ. މިތަކެތި ގަންނަ ގައުމުތަކަށް ބަލައިލާއިރު ސިންގަޕޫރު، ޗައިނާ، ޖަޕާން، އެމެރިކާ، ތައިލެންޑް، ހޮންގްކޮން އަދި އިންޑިޔާ ހިމެނެއެވެ.

މެލޭޝިޔާގެ ގައުމީ ވައިގެ ބަނދަރަކީ ކުއަލަ ލަންޕޫރު އިންޓަނޭޝަނަލް އެއާރޕޯޓެވެ. މިއީ އެގައުމުގެ ސަރުކާރުގެ ތަނެކެވެ.

Advertisements

Dr.Faisal session to Thalassaemia patients and parents

ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ޑރ.ފައިސަލްގެ ސެޝަންއެއް ބާއްވައިފި.ރޭ 08 ޖެހިއިރު ސޯލްޓް ކެފޭ ގައި ބޭއްވި މި ބައްދަލުވުމުގެ މައުޞޫ އަކީ ” ދަގަނޑުގެބައި ދަށްކުރުން-ތެލަސީމިއާއަށްދޭ ފަރުވާގެ ދެބައިކުޅަ އެއްބައި” އެވެ. ޑރ. ފައިސަލް އަކީ އައި.ޖީ.އެމް.އެޗް ގައި މަސައްކަތްކުރާ ކުޑަކުދިންގެ ހައްސަ ޑޮކްޓަރެކެވެ. އަދި ވަރަށްފަހުން ޑރ.ފައިސަލްވަނީ ލަންޑަން ސުކޫލް އޮފް ކޮލެޖް އިން ތެލަސީމިއާއާއިބެހޭ ހާއްސަ ވޯކްސޮޕް އެއްގައިވެސް ބައިވެރިވެފައެވެ.

ތެލަސީމިއާއަކީ ވާރުތަވާ ލޭގެ ބައްޔެކެވެ. މިއީ ހިމަގުލޮބިން ލިބޭ އުނިކަމެއްގެ ސަބަބުން ރަތް ސެލްތަކުގެ މަސައްކަތް ނުކުރުމުގެ ސަބަބުން ލޭ އަޅަންޖެހޭ ބައްޔެކެވެ. ރޭގެ ސެޝަންގައި ޑރ.ފައިސަލް ފާހަގަ ކުރެއްވީ ހަމައެކަނި ލޭއެޅުމުން ނުފުދޭ ކަމަށްށާއި ލޭއެޅުމުގެ އިތުރުން ހަށިގަނޑުގައި އިރުރުވާ ދަގަނޑުގެ ބައިވެސް ދަށްކުރަންޖެހޭ ކަމަށްށެވެ.

އުފާވެރި ދިރިއުޅުމަކަށްޓަކައި ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ދަށްކުރަން ޖެހެއެވެ. ހަށިގަނޑުގައި ދަނގަޑުގެ ބައި އިތުރުވާ ގޮތްތަކަށް ބަލާލާއިރު ލޭއެޅުމުގެ އިތުރުން ބައެއް ކަހަލަ ކާނާ ކެއުމުގެ ސަބަބުންވެސް ދަގަނޑުގެ ބައި އިތުރުވެއެވެ.

ދަގަނޑުގެބައި ޖަމާވާ ބައެއް ގުނަވަންތަކުގެ ތެރޭގައި ހިތް، ފުރަމޭ، ތައިރޮއިޑް، ހުންކޮށި، ލޯ ފަދަ ގުނަވަންތައް ހިމެނެއެވެ. ހަށިގަނޑުން ދަގަނޑުގެ ބައި ނައްތާނުލެވިއްޖެނަމަ އިޔާދަ ނުކުރެވޭފަދަ ގެއްލުންތައް ލިބުމަކީވެސް އެކަށިގެންވާ ކަމެކެވެ. އެގޮތުން ހިތް ފަދަ މުހިންމު ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުން، ހުންކޮށި ހުންނަންވާ ވަރަށްވުރެ ބޮޑުވުން، އަދި ހެދިބޮޑުވުމަށް ހުރަސްއެޅުން ހިމެނެއެވެ. ގިނަ ތެލަސީމިއާ ކުދިން އަޅުގަނޑުމެންނާއި ވަކިވެގެން ދަނީވެސް މިފަދަ ކަންކަން މެދުވެރިވެގެންނެވެ.

ދަގަނޑުބައި ދަށްކުރުމަށްޓަކައި ތަފާތު ބޭސްތައްވަނީ އުފައްދާފައެވެ. އެގޮތުން ފާހަގަ ކޮށްލެވެ އެއްބޭހަކީ ޑެސްފަރޯލް އިންޖެކްސަންއެވެ. މިބޭހަކީ ހަފްތާއަކު 5 ދުވަހު 12 ގަޑިއިރު ހަށިގަނޑަށް ޖަހައިގެން އުޅޭ އިންޖެކްސަންއެކެވެ. މިއީ 50 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭހެކެވެ. މިބޭހުން ދަގަނޑުގެބައި ދަށްކުރަނީ ކުޑަކަމުދާ ތަކެތި އަދި ބޮޑުކަމުދާ ތަކެތީގެ ޒަރިއްޔާއިންނެވެ. މިއީ ރާއްޖޭގައިވެސް ބޭނުންކުރެވެމުންއަންނަ ބޭހެކެވެ. ބޭސް ބޭނުންކުރުމަށްފަހު 30 މިނެޓް ވުމުން މިބޭހުގެ އަސަރު ކެނޑިގެންދެއެވެ.

ދަގަނޑުގެ ބައި ދަށްކުރާ އަނެއްބޭހަކީ އެލް1 އެވެ. މިއީ ދުވާލަކު 3އިރު ބޭނުންކުރާ ގުޅަ ބޭހެކެވެ. ރާއްޖޭގައި މިހާރުވެސް ބޭނުންކުރެވެމުން އަންނަ މިބޭހަކީ 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭހެކެވެ. ކުޑަކަމުދާ އެއްޗެހިން ދަގަނޑު ދަށްކޮށްދޭ މިބޭސް ބޭނުންކުރުމަށްފަހު ގިނައިން ދިޔާތަކެތި ބޭނުންކުރަން ޖެހެއެވެ. ބޭހުގެ އަސަރު ކުރަނީ ބޭސް ބޭނުންކުރުމަށްފަހު 4 ގަޑިއިރަށްށެވެ.

ދަގަނޑު ދަށްކޮށްދޭ އަނެއް ބޭހަކީ އަސުންރާ އެވެ. މިއީވެސް ގުޅަ ބޭހެކެވެ. މިބޭސް ބޭނުންކުރަނީ ހުސްބަނޑާ ހުރެ ޖޫސްތައްޓެއްގައި ބޭސްގުޅަ ގިރާލައިގެންނެވެ. ބޭސް ގުޅަ ގިރަންޖެހެނީ ޕުލާސްޓިކް ސަމުސަލެއް ނުވަތަ ހޮޅިއަކުންނެވެ. މިއީ 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭހެކެވެ. 14 ގަޑިއިރު ބޭހުގެ އަސަރު ހިފަހައްޓާ މިބޭހަކީ ދުވާލަކު އެއްއިރު ބޭނުންކުރާ ބޭހެކެވެ. މިއީ ކުރިން ރާއްޖޭގައި ބޭނުންކުރެވުނު ބޭހެކެވެ. މިބޭހުން ދަގަނޑު ދަށްކޮށްދެނީ ބޮޑުކަމުދާ ތަކެތިންނެވެ.

ގިނަ އަދަދެއްގެ ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންވަނީ ރޭގެ މި ސެޝަންގައި ބައިވެރިވެފައެވެ. ރަގަނޅު ގޮތުގައި ފަރުވާ ދެވިއްޖެނަމަ ތެލަސީމިއާ ކުދިންނަކީވެސް އެހެން މީހުންނެކޭވެސް އެއްފަދައިން ދިގު އުމުރެއްލިބި އުޅެވޭނެބައެކެވެ. ރާއްޖެއިން ބޭރުގައި 66 އަހަރުގެ ތެލަސީމިއާ ކުދިން ދިރިއުޅެމުން އައުމަކީ މިކަން ސާބިތުކޮށްދޭ އަލިދަދަ ހެއްކެކެވެ.

DJ2015 students has premiered their first Documentary

ޑިޕްލޮމާ އިން ޖާނަލިޒަމް 2015 ވަނަ އަހަރުގެ ދަރިވަރުން އެކުދީންގެ ފުރަތަމަ ޑޮކިޔުމަންޓްރީ މިއަދު އިފްތިތާހު ކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ނޫސްވެރިކަން ކިޔަވާ ދަރިވަރުން އދ.ފެންފުއްޓަށް ކުރި 2 ދުވަހުގެ ތަމްރީނީ ދަތުރުގެ ޑޮކިޔުމަންޓްރީ އިފްތިތާޙުކޮށްފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 10:30 ގައި ފެކަލްޓީ އޮފް އާރޓްސް ގައެވެ. މި ޑޮކިޔުމަންޓްރީ ފެށުމުގެ ކުރިން ޑިޕޮލިމާ އިން ޖާނަލިޒަމް 2015 ވަނަ އަހަރުގެ ދަރިވަރުންގެ ފަރާތުން އެ ކިލާހުގެ ލީޑަރު އައިމިނަތު ލީނާ ވަނީ އެކުދިންގެ މި މަސައްކަތާ ބެހޭގޮތުން ކުރު ތައާރަފެއް ދެއްވާފައެވެ.
މި ރަސްމިއްޔާތު އިފްތިތާޙު ކޮށްދެއްވީ އެ ފެކަލްޓީގެ ޑީން އަލްފާޞިލް އަބްދުލް ރަޝީދު އަލީއެވެ. މި ޑޮކިއުމަންޓްރީ އާއި ބެހޭގޮތުން ޑީން ވިދާޅުވީ މި މަސައްކަތަކީ މިފަދަ ގޮތަކަށް ދަރިވަރުން ކުރި ފުރަތަމަ މަސައްކަތައް ވީނަމަވެސް ވަރަށްވެސް ފުރިހަމަ މަސައްކަތެއްކަމަށްށެވެ. އަދި މީގެއިތުރުން ދަރިވަރުންނަށް ވަނީ މިފަދަ މަސައްކަތްތައް ކުރުމަށް އިތުރަށް ހިތްވަރު ދެއްވާފައެވެ.
މިއީ ފެކަލްޓީ އޮފް އާރޓްސްގެ ތާރީޚުގައިވެސް ނޫސްވެރިކަން ކިޔަވާ ދަރިވަރުންގެ ފަރާތުން ފެނިގެންދިޔަ މިފަދަ ފުރަތަމަ މަސައްކަތެވެ.
މި ރަސްމިއްޔާތުގައި އެ ފެކަލްޓީގެ ވާޗުއަލް ކެންޕަސްއެއް ހެދުމާއި ބެހޭގޮތުން ޑީން ވަނީ ދަރިވަރުންނާއި މަސްްވަރާ ކުރައްވާފައެވެ.

Fenfushi Trip

ދަރިވަރުން ފެންފުށީ ފަރު ބަލާލުމަށް ސުނޯކަލް ކުރަނީ

ދަރިވަރުން ފެންފުށީ ފަރު ބަލާލުމަށް ސުނޯކަލް ކުރަނީ

ދަތުރުގެ ބައިވެރިން ފެންފުއްޓަށް ފައިބައިގެން އެއްގަމަށް އަންނަނީ

ދަތުރުގެ ބައިވެރިން ފެންފުއްޓަށް ފައިބައިގެން އެއްގަމަށް އަންނަނީ

ދައިވަރުން ބާބަކިއުއަށް ތައްޔާރުވަނީ

ދައިވަރުން ބާބަކިއުއަށް ތައްޔާރުވަނީ

ފެންފުށީ ފަރު ބަލާލުމަށް ކުރި ޒިޔާރަތް

ފެންފުށީ ފަރު ބަލާލުމަށް ކުރި ޒިޔާރަތް

ފެންފުއްޓަށް އާދެވުމާއިއެކު ހުރިހާ ދަރިވަރުންނާއި ލެކްޗަރާއިން ނަގާފައިވާ ފޮޓޯއެއް

ފެންފުއްޓަށް އާދެވުމާއިއެކު ހުރިހާ ދަރިވަރުންނާއި ލެކްޗަރާއިން ނަގާފައިވާ ފޮޓޯއެއް

އާސާރީ ހުކުރު މިސްކިތުގައިވާ ވަގުތު ބަލާ ގަލެއް

އާސާރީ ހުކުރު މިސްކިތުގައިވާ ވަގުތު ބަލާ ގަލެއް

ފެންފުށީ ފަރު

ފެންފުށީ ފަރު

ކުނި މެނޭޖްކުރާ ސައިޓަށް ދަރިވަރުން ކުރި ޒިޔާރަތް

ކުނި މެނޭޖްކުރާ ސައިޓަށް ދަރިވަރުން ކުރި ޒިޔާރަތް

ލެކްޗަރާއިންނާއި ދަރިވަރުން ފޮޓޯއަކަށް ހުއްްޓިގެން

ލެކްޗަރާއިންނާއި ދަރިވަރުން ފޮޓޯއަކަށް ހުއްްޓިގެން

ކުނި މެނޭޖް ކުރެވޭ ގޮތާ ބެހޭގޮތުން ރަށުގެ ކައުންސިލްއިން މައުލޫމާތު ދެއްވަނީ

ކުނި މެނޭޖް ކުރެވޭ ގޮތާ ބެހޭގޮތުން ރަށުގެ ކައުންސިލްއިން މައުލޫމާތު ދެއްވަނީ

ފެންފުށީ ކުނި މެނޭޖްކުރާ ސަރަހައްްދު

ފެންފުށީ ކުނި މެނޭޖްކުރާ ސަރަހައްްދު

ތިންސަތޭކަ އަށްވުރެ ގިނަދުވަސް ވެފައިވާ ފެންފުށީ އާސާރީ ހުކުރު މިސްކިތް

ތިންސަތޭކަ އަށްވުރެ ގިނަދުވަސް ވެފައިވާ ފެންފުށީ އާސާރީ ހުކުރު މިސްކިތް

ދަރިވަރުންނަށް ބޭވުނު ސެމިނާ

ދަރިވަރުންނަށް ބޭވުނު ސެމިނާ

ފެންފުއްޓަށް ދިއުމަށްޓަކައި ބޯޓުމަތީގައި

ފެންފުއްޓަށް ދިއުމަށްޓަކައި ބޯޓުމަތީގައި

ފެންފުށީ އާސާރީ ހުކުރު މިސްކިތް

ފެންފުށީ އާސާރީ ހުކުރު މިސްކިތް

މެންދުރުގެ ކެއުން

މެންދުރުގެ ކެއުން

ދަރިވަރުން ކެއުމަށް އިންސާފުކުރަނީ

ދަރިވަރުން ކެއުމަށް އިންސާފުކުރަނީ

ދަރިވަރުން އެކުވެގެން ތައްޔާާރު ކުރެވުނު ބާބަކިޔު

ދަރިވަރުން އެކުވެގެން ތައްޔާާރު ކުރެވުނު ބާބަކިޔު

Fire on Coastal Hardware

FB_IMG_1460995297827
މާފަންނު ކޯސްޓްލައިން ހާރޑްވެއާރ ފިހާރައިގައި އަލިފާން ރޯވެއްޖެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:30 ހާއިރުއެވެ. ކޯސްޓްލައިން ހާރޑުވެއާރ ފިހާރައިގައި އަލިފާން ރޯވެ އެ ފިހާރައާއި އިންވެގެންް ހުރި 2 ފިހާރައަކާއި އިމާރާތެއްގައިވެސް މިހާރު ވަނީ އަލިފަން ރޯވެފައެވެ.
މި ސަރަހައްދަކީ އާންމުންގެ ގެތައްވެސް ހުރި ސަރަކައްދެއްކަމުން މިހާރު އެސަރަހައްދުގައި ހުރި ގޭތަކުން އާންމުން ނެރެ ރައްކާތެރި ހިސާބުތަކަށް ވަނީ ގެންދެވިފައެވެ. އަދި މަންޒަރުބެލުމަށް އެއްވެސް ފަރާތެއް މި ސަރަހައްދަށް ނައުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
ފުލުހުން އަދި ސިފައިން ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު އަލިފާންގަނޑުގެ ސަބަބުން އެސަރަހައްދުގައިވަނީ ވަރަށް ބޯ ދުންގަނޑެއް އުފެދިފައެވެ. އަދި މިއީ ހާރޑުވެއާރ ފިހާރައަކަށް ވުމުގެ ސަބަބުން އިމާރާތުގެ ތެރެއިން އެކި ޒާތުގެ ފުޅިފަދަ ތަކެތި ގޮވާ އަލިފާންގަނޑު ނިއްވާލުމަށް ދަނީ ދަތިތަކާކާއި ކުރިމަތިވެފައެވެ.
ކޯސްޓްލައިން ހާރޑުވެއާރ ފިހާރައިގައި ރޯވި އަލިފާންގަނޑުގައި އެފިހާރަ މިހާރުވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. މިއީ މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާކަން ފާހަަގަކޮށްލެވެއެވެ. މި ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ.

Faculty of Arts celebrate Dhivehi Bahuge Dhuvas

FB_IMG_1460661648586
ފެކަލްޓީ އޮފް އާރޓްސް އިން ދިވެހިބަހުގެ ދުވަސް ފާހަގަ ކޮށްފި.
ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ތަފާތު ގިނަ ހަރަކާތްތަކެއް މިއަދުވަނީ އެފް އޭގައި ބާއްވާފައެވެ. މި ހަރަކާތްތައް ސަރަފްވެރި ކޮށްދެއްވީ ޑޮކްޓަރ. އަސްރަފް އަބްދުއް ރަހީމް އެވެ. އެގޮތުން ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ އެންމެން އެކުގައި ނެގުނު ފޮޓޯ އަކުންނެވެ.
ދުވަހާ ގުޅުވައިގެން ތަފާތު ގިނަ ކަންތައްތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ހަރަކާތަކީ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ބޯކިބާ މުބާރާތެވެ.
ތަފާތު 7 ކިލާހަކުން ބައިވެރިވި މި މުބާރާތުގައި ކޮންމެ ކިލާހެއްވެސް ރަމްޒުކޮށްދޭ ކުޅި އަދި ފޮނި ބޯކިބަލެއް ވަނީ ދައްކާލާފައެވެ. އަދި މިތަނުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފައެވެ.
މީގެ އިތުރުންވެސް ދަރިވަރުންގެ ތަފާތު ސުޓޭޖު ހަރަކާތްތަކެއްްވެސް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ސުޓޭޖް ހަރަކާތްތައް ފެށުމުގެ ގޮތުން އަދި ނިންމުމުގެ ގޮތުން ދަރިވަރުންވަނީ ދިވެހި ސަގާފީ ލަވައަކަށް ނަށާފައެވެ. މީގެ އިތުރުން ބަހުސް މުބާރާތެއްވެސް ވަނީ ފެނިގެން ގޮސްފައެވެ.
އަދި އެންމެ ރީޓި ފޮޓޯ އިންސްޓަގުރާމްކުރާ ފަރާތަކަށް އިނާމް ލިބޭގޮތައް އިންސްޓަގުރާމް ކޮންޕެޓިސަން އެއްވެސް ވަނީ ހުޅުވަލާފައެވެ.
ރާއްޖޭގެ ގިނަ ސުކޫލުތަކެއްގައި މިއަދުވަނީ މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

Media council held a meeting to Journalists

 

0_132670674074_news

މީޑިޔާ ކައުންސިލްއިން ނޫސްވެރިންގެ ފޯރަމްއެއް ބާއްވައިފި.

ދިވެހިރާއްޖޭގެ މީޑިޔާ ތަކަށް އަމާޒުކޮށްގެން މީޑިޔާ ކައުންސިލްއިން ނޫސްވެރިންގެ ފޯރަމްއެއް ބާއްވައިފިއެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ ދިވެހި މީޑިޔާތަކަށް މިހާރު ދިމާވެފައިވާ ކަންބޮޑުވުންތަކާއި ދަތިތަކަށްށެވެ.

ގިނަ މީޑިޔާތަކުން ބައިވެރިވެފައިވާ މި ބައްދަލުވުމުގައި ނޫސްވެރިން ފާހަގަ ކޮށްފައިވާ އެންމެބޮޑު އެއް ކަންބޮޑުވުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތުމެވެ. މިއީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީންވެސް ކޮންމެ ދިވެހި ރައްޔިތަކަށް ލިއްބައިދޭ ހައްގެކެވެ. ނޫސްވެރިކަމުގެ މިނިވަންކަން ނެތުމުގެ ސަބަބުން، ލިޔާ ލިޔުމެއްގެ ސަބަބުން ނޫސްވެރިންނަށް ދަތި ކުރުމުގެ ފިޔަވަޅުވެސް ދަނީ އަޅަމުންނެވެ. އެގޮތުން ސަރުއީ ދާއިރާގެ މައްސަލަތަކުގައިވެސް ކޯޓު ރޫމަށް ވަނުމުގެ ފުރުސަތު ގިނަ މީޑިޔާ ތަކަކަށް ވަނީ ބަންދުކޮށްފައެވެ.

ސަރުކާރުގެ ތެރެއިންވެސް ނޫސްވެރިންނަށް އެމީހުންގެ ޒިންމާ އަދާކުރުމަށް އަންނަނީ ހުރަސްތަކެއް އެޅެމުންނެވެ. މިގޮތުން މީޑިޔާތަކުގެ މެދުގައި ތަފާތުކުރުމާއި، ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ތަންތަނަށް ނޫސްވެރިން ނުވެއްދުން ހިމެނެއެވެ.

ނޫސްވެރިޔަކު ގެއްލިގެން ދެ އަހަރުވުމާ ގާތްވެފައިވާއިރު އަދިވެސް ވީގޮތެއް ނޭންގުމަކީ ނޫސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. މީގެ އިތުރުންވެސް ނޫސްވެރންނަށް ބިރުދެއްކުމާއި އަނިޔާކުރުން މިއީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެކެވެ. ނަމަވެސް ހިތާމައަކީ މިއަދުވެސް ނޫސްވެރިންނަށް މިފަދަ ދަތިކުރުންތައް ކުރިމަތިވަމުންދާ ކަމެވެ.

ގިނަ ނޫސްވެރިން ފާހަގަ ކުރިގޮތުގައި މީޑިޔާތަކަށް ދިމާވެފައިވާ އެއްވެސް ކަމަކަށް އަދިވެސް ހައްލެއް އައިސްފައިނުވަނީ މީޑިޔާ ކައުންސިލް އިން އެމީހުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމުގެ ސަބަބުންނެވެ. އެގޮތުން މިކަން ހައްލުކުމަށް އެންމެ މުހިންމު ކަމެއް ކަމަށް ފާހަގަ ކޮށްފައިވަނީ މީޑިޔާތަކަށް ދިމާވާ ގޮންޖެހުން ބޭރުގެ ފަރާތް ތަކަށް އެންގުމެވެ. އަދި ނޫސްވެރިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކާއި ފޯރަމްތައް ގިނަކުރުމެވެ.

ނޫސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހުއްޓުވުމަށްޓަކައި މިދިޔަ އާދިއްތަ ދުވަހު ވަނީ ގިނަ ނޫސްވެރިންތަކެއް މަގުމައްޗަށް ނިކުމެ ހަރުތާލުވެސް ކޮށްފައެވެ.